ހދ. އަދި ށ. އަތޮޅުގައި ރިޒޯޓު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

20 ނޮވެމްބަރ 2014                                   ނަންބަރު (IUL)88-PS/88/2014/65:

ހދ. އަދި ށ. އަތޮޅުގައި ރިޒޯޓު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

    

ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި 2 އަތޮޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން އެކަން ހާމަކޮށް މިމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. މި ގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ އަތޮޅާއި ރަށްތައް ތިރީގައި އެވަނީއެވެ.

  1. ހދ. ދިއްޕަރުފުށި
  2. ހދ. ކަނަމަނަ
  3. ހ.ދ. ކުޑަފަރުފަސްގަނޑު
  4. ހ.ދ. އަތޮޅުގައި އޮންނަ ޖިއޮގްރަފިކަލް ކޯޑިނޭޓްސް 6°42’41”N, 72°54’34”E ހިމެނޭ ފަޅު
  5. ށ. ބޮލިއްސަފަރު

ހދ. ކަނަމަނަ، ހ.ދ. ކުޑަފަރުފަސްގަނޑު އަދި މަތީގައި ބަޔާންކުރެވިފައިވާ ފަޅު ތަރައްޤީ ކުރެވޭނީ އެއް ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ޝައުޤުވެރިކަން ހާމަކުރުމަށް ހުށަހަޅާ ސިޓީ. (މިސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތެއްގެ  ނަން، އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ހިމެނެންވާނެއެވެ.)
  2. ޝައުގުވެރިކަން ހުށަހަޅާފަރާތެއްގެ ޕްރޮފައިލް
  3. ޝައުޤުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމުގައި ތަޖްރިބާ ހުރިފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުންތައް.
  4. ޝައުޤުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމުގެ މާލީ ޤާބިލުކަންހުރި ފަރާތެއްކަން އަންގައިދީ ބޭންކަކުން ނުވަތަ އެފަދަ ފައިނޭންޝިއަލް އިންސްޓިޓިއުޝަންއަކުން ދީފައިވާ ލިޔުން. މިލިއުމަކީ ތިރީގައިވާ ކަންކަން ފުރިހަމަވެފައި އޮންނަ ލިއުމަކަށް ވާންވާނެއެވެ.
    • ޝައުޤުވެރިކަން ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް.
    • ޝައުޤުވެރިކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރެވިދާނެކަމުގެ މާލީ ޤާބިލްކަން ހުރިކަމަށް ބޭންކަށް ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޝަންއަށް ޤަބޫލުކުރެވޭކަން.
    • މިލިއުން ދޫކުރާ ބޭންކަކީ ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޝަނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ޤަބޫލުކުރާ ފަރާތަކަށްވުން.

ޝައުޤުވެރިކަން ހުށަހެޅުމުގެ ސުންގަޑި:

ޝައުޤުވެރިކަން ހުށަހަޅުމުގެ ސުންގަޑިއަކީ 04 ޑިސެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މައުލޫމާތު ސެޝަން:

މި ބިޑް އާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންއެއް 27 ނޮވެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި އޮންނާނެއެވެ.

ޝައުޤުވެރިކަން  ހުށަހެޅުން:

ޝައުޤުވެރިކަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.

EOI FOR THE DEVELOPMENT OF TOURIST RESORTS IN HAA DHAALU AND SHAVIYANI ATOLL

ސިޓީ އެޑްރެސް ކުރައްވާނީ:

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 302 2200 960 +، ފެކްސް ނަންބަރު: 3322512 960 +

އީމެއިލް: faseeh.zahir@www.tourism.gov.mv އަށެވެ.

ހުށަހެޅުންތައް ބަލާ ފާސްކުރުން:

ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އަދި އެފަރާތަކީ ރިޒޯޓް ތަރައްޤީކުރުމުގެ މާލީ ޤާބިލުކަން ހުރިފަރާތެއްކަން އަންގައިދީ ބޭންކަކުން ނުވަތަ އެފަދަ ފައިނޭޝަލް އިންސްޓިޓިއުޓަކުން ދީފައިވާ ލިޔުމެއް ނެތް ފަރާތެއްކަމަށްވާނަމަ، އެފަރާތެއްގެ ހުށަހެޅުން ބާޠިލުކުރެވޭނެއެވެ. ޝައުގުވެރިކަން ހުށަހަޅާފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މައުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބަލާ މިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައި ދެންނެވިފައިވާ ފަރަތާ ގުޅުއްވުން އެދެމެވެ.

             ފަސީހު ޒާހިރު

ސީނިޔަރ ލީގަލް އޮފިސަރ

މިނިސްޓްރީ އޮފް ޓޫރިޒަމް،

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 302 2200 960 +، ފެކްސް ނަންބަރު: 332 2512 960 +

އީމެއިލް:

Faseeh.zahir@www.tourism.gov.mv

***************************

މިނިސްޓްރީ އޮފް ޓޫޫރިޒަމް
visit also our partner links : vegasslot77 warungtoto pokerseri dragon77 infini88 vegasgg garuda999 ajaib88 menang123 megahoki88 kdslots777 gas138 nusa365 7winbet coin303slot.web.fc2.com jakartacash vegasgg.epizy.com emas138 cuan138 caspo777 fit188