ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް އަދި މެންގްރޫވްސް ފޮރ ދަ ފިއުޗަރ ގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކުގެ، ޕްރޮޖެކްޓް ޓީމްތަކަށް ހާއްސަ ކޮށްގެން ބާއްވާ ‘ޕްރޮޖެކްޓް ސައިކަލް މެނޭޖްމެންޓް ޓްރެއިނިންގ ވާރކްސޮޕް’
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަމަންޓް ފަންޑުގެ އެހީއާއި އެކު މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަޤުޞަދަކީ އިޤްޞާދީ، އިޖްތިމާޢީ، އަދި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުންތަކަށް ސަލާމަތްވުމަށް ޢަމަލު ކުރާނެ އުޞޫލުތަކާއި، ފިޔަވަޅުތައް އެކުލަވާލުމެވެ. އަދި މި ޕްރޮޖެކްޓްގެ އެންމެ ބޮޑު އެއް ބަޔަކީ ޓޫރިސްޓް ރިސޯޓްތައް އަދި އެ ރިސޯޓްތަކާއި ސީދާ ގޮތުން ގުޅިފައިވާ މުޖުތަމަޢުތަކަށް އަމާޒް ކޮށްގެން ހިންގޭ ޕްރޮޖެކްޓްތަކެވެ. މިގޮތުން...
Read moreދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަނގަ ކުރުން
27 ސެޕްޓެމްބަރ 2014 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަށް ވުމާއެކު، ރާއްޖޭގެ އިޤްތިސާދުގެ އެންމެބޮޑު އެއްސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތްކަމަށްވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިމަހުގެ 27 ވީ ހޮނިހިރު ދުވަހު،ފަތުރުވެރިކަމުގެ ވަޒީރު ޤައުމާއި މުޙާތަބް ދުވަހާއި ގުޅޭ ސަޕްލިމެންޓެއް ނެރެވުނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ފަތުރުވެރިކަމާއިބެހޭ ވަޒީރު އަދި މިސިނާއަތް ތަމްސީލްކުރާ ޖަމާއަތްތަކުގެ ޚިތާބްތައް މިސަޕްލިމަންޓުގައި ހިމެނިފައިވާނެއެވެ. އަދި ފަތުރުވެރިކަމުގެ...
Read moreސަރުކާރު ހިއްސާވެގެން ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން
ދިވެހި ސަރުކާރާ ހިއްސާވެގެން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަން ހާމަކޮށް މިމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް 24 ފެބްރުއަރީ 2014ގައި ކުރެވުނު އިޢުލާނާއި ގުޅިގެން، ދިވެހި ސަރުކާރާ ހިއްސާވެގެން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް އެދި 46 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މިހުށަހެޅުންތައް ބަލާ މިންކުރުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. ދިވެހި ސަރުކާރާއި ހިއްސާވެގެން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފަހުގެ ތާރީހެއްގައި އާންމު ކުރެވޭނެއެވެ.
Read more